ދުނިޔެ

އިސްރާއިލުން ޣައްޒާގައި ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަައް ހުއްޓުވުމަށް ޓާރކް ގޮވާލައްވައިފި

އިސްރާއިލުން ޣައްޒާގައި ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަައް ހުއްޓުވުމަށް ޓާރކް ގޮވާލައްވައިފި

އ.ދ ގެ އިންސާނީ ޙައްޤުތަކުގެ ހައި ކޮމިޝަނަރު ވޯކަރ ޓާރކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 06:25

08 ސެޕްޓެމްބަރު 2025، 06:25

އިސްރާއިލުން ޣައްޒާގައި ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތައް ހުއްޓާލުމަށް އ.ދ ގެ އިންސާނީ ޙައްޤުތަކުގެ ހައި ކޮމިޝަނަރު ވޯކަރ ޓާރކް ގޮވާލައިފިއެވެ. 

ވޯކަރ ޓާރކް ވަނީ ޣައްޒާއާ މެދު އިސްރާއީލްގެ އިސްވެރިން ދައްކަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޣައްޒާ މިހާރު ވަނީ "ގަބުރުސްތާނަކަށް" ބަދަލުވެފައި ކަމަށް ބުނެ، "މި އަނިޔާވެރިކަން" ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގޮވާލައިފައިވެއެވެ.

އ.ދ ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގެ 60 ވަނަ ދައުރު ހުޅުވުމުގައި ވާހަކަދައްކަމުން، ޓާރކް ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހީ ވަނަނުދިނުމާއި، ރައްޔިތުން ބަނޑަށް ޖެއްސުމާއި، ނޫސްވެރިންނާއި އ.ދ ގެ މުވައްޒަފުންނާއި އެން.ޖީ.އޯ މުވައްޒަފުން މެރުމާއި، ހަނގުރާމައިގެ ކުށްތައް ހިންގުން ފަދަ ކަންކަމަކީ ދުނިޔޭގެ ހިތްތަކަށް ލިބޭ ބޮޑު އަނިޔާއެއްކަމަށެެވެ.

 ބައިނަލްއަޤްވާމީ މުޖުތަމަޢުން އެމީހުންގެ ޒިންމާ އަދާނުކުރާ ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ކަމަށް ޓާރކް ވިދާޅުވެފައިވެއެވެ. އަދި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކޮބައިތޯ ސުވާލު އުފައްދަވައި، ހަނގުރާމައިގެ ޤާނޫނުތަކާ ޚިލާފުވެދާނެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން