ވިޔަފާރި / ޚަބަރު
އިއްޔެގެ ނިޔަލަށް ޒިޔާރަތްކުރި ފަތުވެރިންނާއެކު، އަމާޒުގެ 60 އިންސައްތަ ހާސިލްވެއްޖެ

ރާއްޖޭގެ ރިޒޯޓެއްގައި ފަތުރުވެރިއަކު---
އާދީއްތަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއެކު، ސަރުކާރުން ހިފާފައިވާ އަމާޒުގެ 60 އިންސައްތަ ހާސިލްވެއްޖެއެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި އިއްޔެގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 33،773 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ޤައުމުން ވަނީ 240،828 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:
- ޗައިނާ: 240،828 ފަތުރުވެރިން
- ރަޝިއާ: 1182،315 ފަތުރުވެރުން
- އިނގިރޭސިވާތް: 136،619 ފަތުރުވެރިން
- އިޓަލީ: 107،736 ވަތުރުވެރިން
- ޖަރުމަނު: 104،764 ފަތުރުވެރިން