ޚަބަރު
އެއަރޕޯޓުގެ އެމަޖެންސީ އެކްސަސައިޒް ނިންމާލުމަށްފަހު އާންމު ދަތުރުފަތުރަށް ބުރިޖު ހުޅުވާލައިފި

ސިނަމާލެ ބުރިޖު--
ހުލާސާ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިޔަށް ގެންދިޔަ އެމަޖެންސީ އެކްސަސައިޒް ނިންމާލުމަށްފަހު ސިނަމާލޭގެ ބުރިޖުން އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުން ހާމަކުރި މެސެޖެއްގައި ބުނީ، ސިނަމާލެ ބްރިޖްގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް ނިމުމަކަށް ގެނެސް، ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބްރިޖު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެއަރޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖްގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް ނިމުމަކަށް ގެނެސް، ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބްރިޖްގެ މިހާރު ވަނީ ހުޅުވާލާފައި. ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވަން.
— Maldives Police (@PoliceMv) September 8, 2025
ބުރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.
އެއަރޕޯޓުން ކުރިޔަށް ގެންދިޔަ މި އެކްސަސައިޒުގެ ބޭނުމަކީ އެއަރޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މި އެކްސަސައިޒްގެ ޕާރޓްނަރެއްގެ ގޮތުގައި މި ފަހަރު ހަރަކާތްތެރި ވެފައި ވަނީ ގަތަރު އެއާރވޭސްއެވެ.
ވީއައިއޭގައި މިފަދަ އެކްސަސައިޒެއް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވެއެވެ.