Ads by Stelco

ޚަބަރު

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު

ވަޒީރު އާދަމް ޝަރީފު ޢުމަރު

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2025، 09:37

09 ސެޕްޓެމްބަރު 2025، 09:37

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ އަދުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ޕީ.އެސް.އެމް. އިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސަރުކާރުގައި އަޅުގަނޑުމެންގެ އެބައޮތް ސިޔާސަތެއް. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ޤަބޫލުކޮށްގެން، އެގޮތުން ކަންތައްތައް ކުރިއަށް ގެންދިއުން." ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް މިސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މުހިންމު ކަންކަމުގެ މައްޗަށް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވަޒީރު އަލިއަޅުއްވާލައްވާފައި ވެއެވެ. ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޡާމު ތަޢާރަފުކުރުމަށް ފަހު މި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ތެރޭ ފަޅުރަށްތައް ކައުންސިލްތަކާ ޙަވާލުކުރެއްވި ރައީސަކު ޑރ. މުޙައްމަދު މުޢިއްޒު ފިޔަވައި ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ލާބަ ވާ ގޮތަށް ރަށްތައް ލިބިގެން ދިޔުމަކީ މާލީ އެތައް މަންފާއެއް ކައުންސިލުތަކަށް ކުރާނެ ކަމެއް ކަމަށެވެ.

ޕީ.އެސް.އެމް. އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވަޒީރު ރޭ ދެއްކެވި ވާހަކަފުޅުގައި، މިއަދު ލާމަރުކަޒީ ނިޡާމަށް ގެނެވޭ ހުރިހައި ބަދަލުތަކާ އެކީގައި މީގެ ކުރިން ދުވަހަކު ވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ނުކުރެވޭހާ ގިނަ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން