Ads by Stelco

ޚަބަރު

ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ހުޅުމާލެ ރަށު މާރުކޭޓު/ފޮޓޯ: ސަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ސެޕްޓެމްބަރު 2025، 10:36

09 ސެޕްޓެމްބަރު 2025، 10:36

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓުން 5 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، މި 5 ގޮޅިއަކީ ވަގުތުން ވިޔަފާރި ފެށޭނެހެން ތައްޔާރުކޮށްފައިވާ ތަންތަން ކަމަށެވެ. އެގޮތުން، މި ފަސް ގޮޅިއަކީ، RMK01-G-56, RMK01-G-57, RMK01-G-58, RMK01-G-59, RMK01-G-61 އެވެ. އެޗްޑީސީން އިތުރަށް ވިދާޅުވީ، މި ގޮޅިތަކުގެ ބޮޑުމިނުގައި 73.33 އަކަފޫޓު ހުންނާނެ ކަމަށެވެ. ހަމަ އެހެންމެ، މިތަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ރަށު މާރުކޭޓުގެ ގޮޅީގެ ކުއްޔަކީ މަހަކު 3،500 ރުފިޔާއެވެ.

މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުތައް ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. އެޗްޑީސީން ވިދާޅުވީ، ފޯމުތައް ބަލައިގަންނާނީ މާދަމާ (09 ސެޕްޓެމްބަރު 2025) ގެ ހެނދުނު 08:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށް ކަމަށެވެ. އަދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން، އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅުއްވުމަށް އެކޯޕަރޭޝަނުން ވަނީ އެދިލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން