ދުނިޔެ

ނޭޕާލްގެ މައި އެއާޕޯޓް ބަންދުކޮށް ވައިގެދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލައިފި

ނޭޕާލްގެ މައި އެއާޕޯޓް ބަންދުކޮށް ވައިގެދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލައިފި

ނޭޕާލްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ސެޕްޓެމްބަރު 2025، 04:20

09 ސެޕްޓެމްބަރު 2025، 04:20

ނޭޕާލްގެ މައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކަމަށްވާ ޓްރައިބުވަން އިންޓަނޭޝަނަލް އެއާޕޯޓް، ކަޓްމަންޑޫ ވެލީގައި ހިފާފައިވާ އަލިފާންގަނޑުގެ ދުން ބޯވުމުގެ ސަބަބުން ވަގުތީގޮތަށް ބަންދުކޮށްފިއެވެ. މިކަމުގެ ސަބަބުން އެތައް ދަތުރަކަށް ވަނީ އަސަރުކޮށްފައެވެ.

ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނެއް ކަމަށްވާ ޖުނޭންދުރަ ބުލް ވިދާޅުވީ، އެއާޕޯޓް ވަށައިގެން ދުރު ފެންނަ ވަރު ނެތް ކަމަށާއި، އެހެންކަމުން ހުރިހާ ދަތުރުތަކެއް ވަގުތީގޮތަށް ހުއްޓާލާފައިވާ ކަމަށެވެ.

ޓްރައިބުވަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ދަތުރުތައް ވަނީ އެހެން ގައުމުތަކުގެ އެއާޕޯޓްތަކަށް ބަދަލުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ކަޓްމަންޑޫ ވެލީގެ ސަރަހައްދުގައި ހިފާފައިވާ އަލިފާންގަނޑުތަކުގެ ދުންގަނޑު މުޅި ސަރަހައްދަށް ފެތުރި، ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދުރު ނުފެންނަ ހާލަތަކަށް ވާސިލުވުމުންނެވެ.

ނޭޕާލްގައި ދުން ބޯވެފައިވަނީ އެގައުމުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން އެގައުމުގެ މަޖިލިސްކުރާގެ ހުންނަ އިމާރާތާއި ބައެއް ކޯޓުތައް ހުންނަ އިމާރާތްތަކުގައި ހުޅުޖެހުމުގެ ސަބަބުންނެވެ. 

ނޭޕާލްގެ މަޝްރަހު ގޯސްވެފައިވަނީ ސޯޝަލްމީޑިއާ ބޭންކޮށް އަދި ކޮރަޕްޝަން އިތުރުވުމާއި ދެކޮޅަށް ޒުވާނުން ނުކުމެ މުޒާހަރާ ކުރުމާއި ގުޅިގެންނެވެ. އެގައުމުގެ ބޮޑުވަޒީރުވަނީ މިހަމަނުޖެހުންތަކާއި ގުޅިގެން އިސްތިއުފާދީފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން