ދުނިޔެ

އިސްރާއީލުގެ ޤައުމީ ސަލާމަށް ފުރަގަސްދީ، އިޓަލީ ސަޕޯޓަރުން ޣައްޒާގައި އިސްރާއިލުން ދައްކަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފި

އިސްރާއީލުގެ ޤައުމީ ސަލާމަށް ފުރަގަސްދީ، އިޓަލީ ސަޕޯޓަރުން ޣައްޒާގައި އިސްރާއިލުން ދައްކަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފި

އިޓަލީގެ ސަޕޯޓަރުން އިސްރާއިލުގެ ޤައުމީ ސަލާމަށް ފުރަގަސްދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 06:00

09 ސެޕްޓެމްބަރު 2025، 06:00

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ މެޗެއްގައި އިސްރާއީލާ ކުޅުނު މެޗުގައި އިޓަލީގެ ސަޕޯޓަރުން އިސްރާއީލުގެ ޤައުމީ ސަލާމް ކިޔަމުންދިޔައިރު ފުރަގަސްދީ، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ.

ޑެބްރެސެންގައި ކުޅުނު މި މެޗުގައި އިސްރާއީލުގެ ޤައުމީ ސަލާމް "ހަތިކްވާ" ކިޔަމުންދިޔައިރު، ގިނަ އަދަދެއްގެ އިޓަލީ ސަޕޯޓަރުން ވަނީ ދަނޑަށް ފުރަގަސްދީފައެވެ. އަދި އޭގެ ފަހުން "ސްޓޮޕް" ލިޔެފައިވާ ޓްރެފިކް ސްޓޮޕް ސައިން ފަދަ ބޯޑުތަކެއް ނަގައި، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވެއެވެ.

އިސްރާއީލުގެ ޤައުމީ ސަލާމަށް ފުރަގަސްދީ، އިޓަލީ ސަޕޯޓަރުން ޣައްޒާގައި އިސްރާއިލުން ދައްކަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފި

އިޓަލީގެ ސަޕޯޓަރުން ސްޓޮޕް ސައިން ތައް ހިފައިގެން

މިއީ އިޓަލީ ސަޕޯޓަރުން އިސްރާއީލާ ދެކޮޅަށް މިފަދަ އިހުތިޖާޖެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ބުޑަޕެސްޓްގައި ކުޅުނު ނޭޝަންސް ލީގް މެޗެއްގައިވެސް އިޓަލީ ސަޕޯޓަރުން ވަނީ މިފަދަ އިހުތިޖާޖެއް ކޮށްފައެވެ. އެ މެޗުގައި އިސްރާއީލުގެ ސްޓޭޑިއަމް އެނައުންސަރު "އެލް-އެލް އިސްރާއީލް" ގޮވަމުން ދިޔައިރު، އިޓަލީ ސަޕޯޓަރުން ވަނީ ހޫ ކިޔައި ދެކޮޅުވެރި އިޝާރާތްތައް ކޮށްފައެވެ.

މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު އިޓަލީ ކޯޗުންގެ އެސޯސިއޭޝަން (އޭއައިއޭސީ) އިން ވަނީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނަށް (އެފްއައިޖީސީ) ރަސްމީ ސިޓީއެއް ފޮނުވައި، ގައްޒާގައި ދެ އަހަރާ ގާތަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އިސްރާއީލު ބައިނަލްއަޤްވާމީ މުބާރާތްތަކުން ސަސްޕެންޑް ކުރުމަށް ގޮވާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން ވަނީ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. މި އިހުތިޖާޖުތައް ސްޓޭޑިއަމްތަކުންނާއި މަގުމަތިން ފެންނަމުންދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން