ދުނިޔެ

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާ ޤަޠަރުން ކުށްވެރިކޮށްފި

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާ ޤަޠަރުން ކުށްވެރިކޮށްފި

ޤަޠަރުގެ ވެރިރަށް ދޯހާއަށް އިސްރާެއިލުން ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 08:15

09 ސެޕްޓެމްބަރު 2025، 08:15

ޤަތަރުގެ ވެރިރަށް ދޯހާގައި ދިރިއުޅެމުންދާ ހަމާސްގެ ސިޔާސީ އޮފީހުގެ މެންބަރުންގެ ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ދިން ހަމަލާ ޤަތަރުން ކުށްވެރިކޮށްފިއެވެ. 

 އިސްރާއީލްގެ މިފަދަ ބިރުވެރި ޢަމަލުތައް "ޓޮލަރޭޓް" ނުކުރާނެ  ކަމަށް ޤަތަރުން ވަނީ ބުނެފައެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އެކްސް ޕްލެޓްފޯމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ ހުރިހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، ޤަތަރުގައި ދިރިއުޅޭ ރައްޔިތުންނާއި ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ބިރުވެރި ކަމެއް ކަމަށެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޤަތަރުގެ ސަލާމަތާއި މިނިވަންކަމަށް އަމާޒުކޮށް ކުރާ އެއްވެސް ކަމެއްް ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ އެންމެ މަތީ ފެންވަރުގައި ތަޙްޤީޤު ކުރަމުންދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ޤަތަރުން ބުނެފައިވެއެވެ.

އިސްރާއީލްގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ދޯހާގައި ހުރި ހަމާސްގެ ލީޑަރޝިޕްގައި ތިބި ބަޔަކާ ގުޅުންހުރި އިމާރާތްތަކަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް ހަމާސްގެ އިސް މަސްދަރެއް އަލްޖަޒީރާއަށް ބުނެފައިވަނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދިޔަ ހަމާސްގެ މަންދޫބުންގެ ވަފުދަކަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން