ކުޅިވަރު

ސައުތު އޭޝިއަން ސުޕަރ ކަޕް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފި

ސައުތު އޭޝިއަން ސުޕަރ ކަޕް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފި

ސައުތު އޭޝިއަން ސުޕަރ ކަޕްގެ ޓްރޮފީ ރާއްޖެއިން އުފުލާލުން، ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 09:24

09 ސެޕްޓެމްބަރު 2025، 09:24

ސްރީލަންކާއިން އިންތިޒާމުކޮށްގެން އެ ޤައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަރ ކަޕް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ. 

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ލެގު 3-0އިން ރާއްޖެ ކާމިޔާބުކޮށްފައިވާއިރު، މިރޭ ކުޅުނު ދެވަނަ ލެގު ވަނީ 1-1އިން އެއްވަރުވެފައެވެ.

މި މުބާރާތަކީ ހަތަރު ޤައުމުގެ މެދުގައި ކުޅުމަށް ރޭވި މުބާރާތެއްކަމަށް ވިޔަސް، ފަހު ވަގުތު ބަންގްލަދޭޝް އާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމީ، ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅޭށެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މި މުބާރާތް ކުރިޔަށްދިޔައިރު، މިއަދުގެ މެޗަށް ރާއްޖެއިން ނިކުތީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ނުހިމަނައެވެ. އެހެންކަމުން މި މެޗުގައި ކެޕްޓަނެއްގެ ޒިންމާ އަދާކުރީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ.

މެޗު ފަށައިގެން ފުރަތަމަ 15 މިނެޓު ރާއްޖެއިން ވަނީ ނުރައްކާތެރި ތިން ހަމަލާ އުފައްދާފައެވެ. އެގޮތުން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭރިއާބޭރުން ޖެހި ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އަހުމަދު އައިހަމް ފޮނުވާލި ހަމަލާ ވަނީ ލަންކާ ކީޕަރު، ސުޖަން ޕެރެއިރާ މަތަކޮށްފައެވެ. އަދި ރާއްޖޭގެ ހައިޝަމް ހަސަން ފޮނުވާލި ބޯޅަ ލަންކާ ކުޅުންތެރިންނަށް ސަލާމަތް ކުރެވުނީ ރޮނގު މަތިންނެވެ.

އެ ހާފުގައި ލަންކާއިން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން، އެ ޓީމުގެ ޑިލޯން ޑި ސިލްވާ އަށް ލިބުނު އެއް ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އޭރިއާތެރެއިން ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ލަންކާގެ ފޯވާޑް، ވަސީމް ރަޒީކް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެއެވެ.

މި މެޗުގައި ރާއްޖެއިން ލީޑު ނެގީ މެޗުގެ 66ވަނަ މިނެޓުގައެވެ. އެއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން، ފޭދޫ އިއްބެ ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު، އެތާހުރި ނާއިޒު ހަސަން (ދާދު) ގޯލަށް ފޮނުވާލި ބޯޅައެކެވެ.

ލަންކާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން