ކުޅިވަރު / ޚަބަރު

މާލޭގައި ބާސްކެޓްބޯލް ޓްރެއިނިން ސެންޓަރެއް ހުޅުވައިފި

މާލޭގައި ބާސްކެޓްބޯލް ޓްރެއިނިން ސެންޓަރެއް ހުޅުވައިފި

ބާސްކެޓްބޯލް ޓްރެއިނިން ސެންޓަރު ހުޅުވައި ދެއްވުން، ފޮޓޯ: ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 09:38

09 ސެޕްޓެމްބަރު 2025، 09:38

މާލޭ ސިޓީގައި ބާސްކެޓްބޯލް ޓްރެއިނިން ސެންޓަރެއް ހޯމަ ދުވަހުގެރޭ ހުޅުވައިފިއެވެ. 

މާލޭގެ ކުޅިވަރު އެކުވެނީގައި ޤާއިމްކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.



ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ތަރައްޤީ ކުރި މި ސެންޓަރާއެކު، ޓީމުތަކާއި ކްލަބުތަކުގެ ފަރިތަކުރުންތަކަށް ފަސޭހަވެ، މި ކުޅިވަރު އިތުރަށް ކުރިއަރައިގެން ދާނެކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ކޯޓު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި އަންހެން ޤައުމީ ބާސްކެޓުބޯލް ޓީމާއި 16އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން