ޚަބަރު
ފަހާތަނަކަށް މިންނަގަން ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި
ކުއްލި ހަބަރު---
މާލޭގެ ފަހާތަނަކަށް މިންނަގަން ދިޔަ ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގައި ހުންނަ ފަހާ ތަނެއްގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ އަންހެން މީހާ އެ ފިހާރައަށް ދިޔައީ ހެދުމެއް ފެހުމަށްޓަކައި މިން ނެގުމަށެވެ.
މި ހާދިސާއާ ގުޅިގެން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެތަނުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެން މީހާ އޭނާއަށް ޖިންސީ ގޯނާކޮށްފައިވަނީ މިން ނެގުމަށް ކަމަށް ބުނެ ފަހާތަނުގެ ހެދުން ބަދަލުކުރާ ކޮޓަރިއަށް ވެއްދުމަށްފަހުގައެވެ.
ފުލުހުން ވިދާޅުވީ، މާލޭގެ ފިހާރައެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.