Ads by Stelco

ޚަބަރު

އެމްނެޓްސްގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްނެޓްސްގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2024 ވަނަ އަހަރު ބޭއްވުނު އެމްނެޓްސްގެ އޯޕަން ޑޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 11:24

09 ސެޕްޓެމްބަރު 2025، 11:24

މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)އިން އެ ކުންފުނީގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ "އޯޕަން ޑޭ" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އެމްނެޓްސްއިން މިއަދު ނެރުނު ޚަބަރެއްގައި ބުނެފައިވާ ގޮތުގައި، މި ހަރަކާތް އޮންނާނީ މި އަހަރުގެ ސެޕްޓެންބަރު 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. 

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އެމްނެޓްސްއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމެވެ.

އެމްނެޓްސްގެ "އޯޕަން ޑޭ" ގައި ބައިވެރިވެވޭނީ ޖުމްލަ 200 ފަރާތަކަށެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެމްނެޓްސްގެ އެކި ފެސިލިޓީތައް ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޤައުމީ އެއާރ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ލިބިގަނެވޭނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެހެން ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ހުޅުވިފައި އޮންނާނީ ސެޕްޓެމްބަރު 11، 2025 ގެ ނިޔަލަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ 200 ޖާގަ ހަމަވުމުގެ ކުރިން ވެސް ރަޖިސްޓްރޭޝަން ބަންދުކުރެވޭނެ ކަމަށް އެމްނެޓްސްއިން ބުނެފައިވެއެވެ.

އެމްނެޓްސްއަކީ ރާއްޖޭގެ މަތިންދާބޯޓުތަކުގެ ދަތުރުފަތުރު ބެލެހެއްޓުމުގެ ޚިދުމަތް ފޯރުކޮށްދޭ މައި އިދާރާއެވެ. މި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް މިފަދަ ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި އެމްނެޓްސްއިން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން