Ads by Stelco

ޚަބަރު

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ގޮސް ބަހެއްގެ ދަށުވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ގޮސް ބަހެއްގެ ދަށުވެއްޖެ

ހައިވޭއާ ގުޅިފައިވާ ބުރިޖު، ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ސެޕްޓެމްބަރު 2025، 12:11

10 ސެޕްޓެމްބަރު 2025، 12:11

މާލޭ އާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ގޮސް ބަހެއްގެ ދަށުވެއްޖެއެވެ.

އަންގާރާ ދުވަހުގެ ރޭގެ 9:30 ހާއިރު ހިނގި މި އެކްސިޑެންޓަކީ، ހައިވޭގައި ދުއްވާ އާރުޓީއެލް ބަހަކާއި ސައިކަލެއްގެ ދޭތެރެއިން، ބާރު ސްޕީޑުގައި އެހެން ސައިކަލެއް ދިއުމަށް މަސައްކަތްކުރަނިކޮށް ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ބަހާއި ސައިކަލާ ދޭތެރެއިން އޯވަރޓޭކް ކުރަން އުޅުނު ސައިކަލު އަނެއް ސައިކަލުގައި ޖެހިގެންނެވެ. 

މި އެކްސިޑެންޓުގައި ބަހުގެ ދަށުވެފައި ވަނީ ބަހާއި ގާތްގަނޑަކަށް އެއް ހަމައެއްގައި ދުއްވާފައި ދިޔަ ސައިކަލެވެ. އަދި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި އެ ވަގުތު މަޑުކޮށްގެން ތިބި، ބުރިޖު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ތިބި ސައިކަލެއްގައެވެ. 

މި އެކްސިޑެންޓުގައި، ބާރު ސްޕީޑުގައި ސައިކަލު ދުއްވި މީހާއަށާއި، އަނެއް ސައިކަލު ދުއްވަން އިން މީހާގެ އިތުރުން، ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަށް އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޓޯވްކޮށް، މައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން