Ads by Stelco

ޚަބަރު

ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ތަމްރީނެއް

ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ތަމްރީނެއް

ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ސެޕްޓެމްބަރު 2025، 12:39

10 ސެޕްޓެމްބަރު 2025، 12:39

މ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ކުދިންނަށް ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

 ވިދާޅުވީ، އަލިފާނުގެ ހާދިސާތަކާއި، ދިމާވެދާނެ ޤުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ޢަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް މި ތަމްރީނުގައި އެކުލަވައިލާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާވެސް ފޯރުކޮށްދެއްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކުއްލި ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތައްވެސް ވަނީ ކިޔައިދެވިފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ވުޒާރާގެ ދަށުން ހިންގަމުންދާ އެންމެހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެއާއެކު، މިކަމުގެ ސަބަބުން އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ބޭނުންތެރި ޕްރޮގްރާމްތައް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން