Ads by Stelco

ޚަބަރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން އާމިރު ވަކިކޮށް، އެ މަޤާމަށް މުޒްނާ ޢައްޔަނުކޮށްފި

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން އާމިރު ވަކިކޮށް، އެ މަޤާމަށް މުޒްނާ ޢައްޔަނުކޮށްފި

ސްޓެލްކޯގެ ބޯޑު މެމްބަރުކަމަށް ޢައްޔަންކުރި މުޒްނާ/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ސެޕްޓެމްބަރު 2025، 02:24

10 ސެޕްޓެމްބަރު 2025، 02:24

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމުން މުޙައްމަދު ޢާމިރު ވަކިކޮށް، އެ މަޤާމަށް ޢާއިޝަތު މުޒްނާ ޢައްޔަނުކޮށްފިއެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މި އައި ބަދަލު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.

ޕީސީބީން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ އަލްފާޟިލް މުޙައްމަދު ޢާމިރު އެ މަޤާމުން ވަކިކޮށް، އެ މަޤާމަށް މއ. ޑޯންޝައިން، އަލްފާޟިލާ ޢާއިޝަތު މުޒްނާ ޢައްޔަނުކުރައްވާފައިވާ ކަމަށެވެ. ސްޓެލްކޯގެ ބޯޑަށް ޢައްޔަނުކުރި މުޒްނާއަކީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން