ކުޅިވަރު / ޚަބަރު

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފި

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފި

ޤައުމީ ޓީމަށް އެއަރޕޯޓުން މަރުޙަބާ ކިޔުން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ސެޕްޓެމްބަރު 2025، 04:06

10 ސެޕްޓެމްބަރު 2025، 04:06

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެއާޕޯޓުން ޤައުމީ ޓީމަށް މަރުޙަބާ ދަންނަވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، ކުޅިވަރު ޢާއިލާގެ ބޭފުޅުންނެވެ. އެގޮތުން، ކޮމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްގެ އިސްވެރިން ވަނީ މި ޚާއްޞަ ވަޤުތުކޮޅުގައި ބައިވެރިވެލައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްޞަ އައިޓަމެއްވެސް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ޤައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައިވާއިރު، ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި އިއްޔެ ހަވީރު ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު ދެ މެޗަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމާއި މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން