ޚަބަރު
ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ރަށެއްގައި ދަނޑުވެރިކަން ކުރަނީ/ފޮޓޯ: ވުޒާރާ
ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ ފަރާތްތަކުން ސްކޮލަރޝިޕަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިއީ، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ދޭ ސްކޮލަރޝިޕެކެވެ.
މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ "ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ޕްރޮގުރާމް" ފުރިހަމަކުރުމަށް ކަމަށެވެ. އަދި ސްކޮލަރޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 ފުރުޞަތުކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސްކޮލަރޝިޕަށް އެދި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ބެހޭ ވުޒާރާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް އެޕްލިކޭޝަނާއި އެއާއެކު ހުށައަޅަންޖެހޭ އެހެނިހެން ލިޔުންތައް ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި އެ ވުޒާރާގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަނާއި ލިޔުންތައް ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްގެ ތެރެއިން ކޯސް ފީއާއި، އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި، އިތުރު އެލަވަންސެއްގެ އިތުރުން، ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް ކޮންމެ މަހަކު އެއް ފަހަރު އެލަވަންސެއް ދަރިވަރަށް ލިބޭނެ ކަމަށެވެ.