ދުނިޔެ

އުޓާގައި އޮތް އިވެންޓެއްގައި ޓްރަމްޕް އާއި ގުޅުން އޮންނަ ޗާރލީ ކާރކްގެ ގަޔަށް ބަޑި ޖަހައިފި

އުޓާގައި އޮތް އިވެންޓެއްގައި ޓްރަމްޕް އާއި ގުޅުން އޮންނަ ޗާރލީ ކާރކްގެ ގަޔަށް ބަޑި ޖަހައިފި

ޗާރލީ ކާރކް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ސެޕްޓެމްބަރު 2025، 07:33

11 ސެޕްޓެމްބަރު 2025، 07:33

އެމެރިކާގެ ސަރަޙައްދެއް ކަމުގައިވާ، އުޓާގައި އޮތް އިވެންޓެއްގައި ޓްރަމްޕް އާއި ގުޅުން އޮންނަ ޗާރލީ ކާރކްގެ ގަޔަށް ބަޑި ޖަހާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓްރަމްޕްއަށް ތާޢީދުކޮށް އެ ބޭފުޅާގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ކާރކްއަކީ ކޮންސަރވޭޓިވް މީޑީއާ ޝަހުސިއްޔަތެކެވެ. އެހެންކަމުން އޭނާގެ ފަހަތުގައި، އޭނާއަށް ތާޢީދުކުރާ އެތައް މިލިއަން ބަޔަކު އެމެރިކާގައި ދިރިއުޅެއެވެ.

ކާރކްއަށް ދިން ހަމަލާއާ ގުޅިގެން އޭނާއަށް ލިބުނު އަނިޔާތަކުގެ މަޢުލޫމާތު އަދި ސާފުވެފައެއް ނުވެއެވެ.

އުޓާ ވެލީ ޔުނިވަރސިޓީގައި ހިނގި މި ހާދިސާ ވަރަށް ރަގަޅަށް މޮނިޓަރ ކުރަމުންދާކަމަށް އެފްބީއައިގެ ޑިރެކްޓަރ، ކާޝް ޕަޓޭލް ހާމަކޮށްފައިވެއެވެ. 

މި ހަމަލާގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އުޓާ ޔުނިވަރސިޓީގައި އޮތް ހަރަކާތާ ގުޅޭ ޕޯސްޓެއް ވެސް ކާރކް މީޑިއާގައި ޚިއްޞާ ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ އެމެރިކަން ކަމްބެކް ޓުއަރއަށް އުޓާ ވެލީ ޔުނިވަރސިޓީ ތައްޔާރުގައި އޮތް ވާހަކައެވެ. 

މި ހާދިސާއާ ގުޅިގެން އުޓާގެ ގަވަރުނަރ، ސްޕެންސަރ ކޮކްސް ބުނެފައި ވަނީ، މި ކަން ކުރި ބަޔަކު އެ ކަމަށް ޒިންމާ ކުރުވާނެކަމާއި، އާންމު ދިރިއުޅުމުގައި އެކަކު އަނެކަކަށް އަނިޔާވެރިވުމަށް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި ސިޔާސީ ހުރިހާ ފެންވަރެއްގެ މަޤާމުތަކުގައި ތިބި އެންމެން މިކަން ހަރުކަށިކޮށް ކުށްވެރިކުރަން ޖެހޭނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން