ވިޔަފާރި / ޚަބަރު
އޮގަސްޓު މަހު މީރާއަށް ދެ ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް

މީރާއަށް އޮގަސްޓު މަހު ލުބުނު އާމްދަނީ ވަނީ 2.12 މިލިއަން ވަނީ ލިބިދައި---
މިދިޔަ އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.12 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީއަށް ވުރެ، މި އަހަރުގެ އެ މަހުގައި ލިބުނު އާމްދަނީ ވަނީ %6.9 އިތުރުވެފައެވެ. އަދި މި އަދަދަކީ މީރާއިން އަންދާޒާ ކުރި އާމްދަނީއަށް ވުރެ %3.1 ބޮޑު އަދަދެއްކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ އޮގަސްޓު މަހުގެ އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ޚިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެއެވެ. މި ދާއިރާއިން ލިބުނު އާމްދަނީ ވަނީ މި އަހަރުގެ އޮގަސްޓު މަހު އިތުރުވެފައެވެ.
އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕަރޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓްމަހު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެގެން ދިއުމުގެ އެއް ސަބަބަކީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހަށް ވުރެ މި އަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ %11.5 އިތުރުވެފައެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކްސް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަކީވެސް މި އަހަރުގެ އާމްދަނީ އިތުރުވި ސަބަބެކެވެ. އަދި އެ އޮތޯރިޓީއިން އަންދާޒާ ކުރި މިންވަރަށް ވުރެ އޮގަސްޓު މަހުގެ އާމްދަނީ އިތުރުވީ ވެސް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެ، ޓެކްސްތައް ލިބުނު މިންވަރު އިތުރުވުމުންކަމަށް ވެސް މީރާއިން ހާމަކޮށްފައި ވެއެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ %22.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ނުދައްކާ ތިބި ފަރާތްތަކުން ޓެކްސް ދެއްކި މިންވަރު އިތުރުވުމުން ކަމަށް ވެސް އެ އޮތޯރިޓީއިން ހާމަކުރެއެވެ. އަދި މީގެ ތެރެއިން %9 އަކީ ނުދައްކާ ހުރި ފައިސާތައް ހޯދުމަށް މީރާއިން ކުރި މަސައްކަތުން ހޯދުނު ފައިސާކަމަށް ހާމަކޮށް އެ އިދާރާއިން ހާމަކުރެއެވެ.
މި އަހަރުގެ އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން، ޖީއެސްޓިގެ ގޮތުގައި 1.16 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ މަހު ވަނީ ލިބިފައެވެ.
އޮގަސްޓު މަހުގެ އާމްދަނީ އިތުރު ވެފައިވަނީ މި އަހަރުގެ އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން، ޖީއެސްޓިގެ ގޮތުގައި 1.16 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ މަހު ވަނީ ލިބިފައެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުން 240.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 191.2 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިޔަން ރުފިޔާ، ޑިޕަރޗަރ ޓެކްސްގެ ގޮތުގައި 162.5 މިލިޔަން ރުފިޔާ އަދި ވަރކް ޕާމިޓް ފީގެ ގޮތުގައި 63.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް މީރާއިން ވަނީ ބަލައިގެންފައެވެ.
މީރާއިން މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.