ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު ހުސެއިން ހައްޔަރުކޮށްފި

އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު ހުސެއިން ހަސަން---
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލިސް މެންބަރު ޙުސެއިން ޙަސަން ހައްޔަރުކޮށްފިއެވެ. ޙުސެއިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ސިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ އަމަލުތަކަށް ދަތިނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަށްފަހު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ފުލުހުންގެ އެންގުމާ ޚިލާފަށް ސީންގެ ތެރެއަށް ވަދެ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު ހުސައިން އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރިއެވެ.
މި ޑްރަގް އޮޕަރޭޝަނާ ގުޅޭ މަޢުލާުމާތު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޙުސެއިން ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީން ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިވެފައިވާކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.
The MDP condemns the violent arrest of National Council member @HucenHassan and demands his immediate release. Intimidation and prosecution of political actors is unacceptable and must be ceased immediately. pic.twitter.com/VXspTqDr0m
— MDP Secretariat (@MDPSecretariat) September 10, 2025
ހުސައިން ހަސަނަކީ އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު" ގެ މީޑިއާ ކޮމިޓީގެ މުގައްރިރު ވެސް މެއެވެ.