ދުނިޔެ

ޤަތަރަށް އިތުރު ހަމަލާތަކެއް ދީފާނަން ކަމަށް ބުނެ ނަތަންޔަހޫގެ އިންޒާރެއް!

ޤަތަރަށް އިތުރު ހަމަލާތަކެއް ދީފާނަން ކަމަށް ބުނެ ނަތަންޔަހޫގެ އިންޒާރެއް!

ބެންޖަމިން ނަތަންޔާހޫ/ފޮޓޯ: އެރައިސް ނިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ސެޕްޓެމްބަރު 2025، 10:30

11 ސެޕްޓެމްބަރު 2025، 10:30

ޤަތަރުން ހަމާސްގެ މެމްބަރުން އެ ޤައުމުން ބޭރު ނުކޮށްފިނަމަ، އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ދީފިއެވެ.

ނަތަންޔާހޫ މިހެން ބުނެފައިވަނީ، ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާސްގެ މެމްބަރުން ނައްތާލުމަށް ޤަތަރުގެ ވެރިރަށް، ދޯހާއަށް ދިން ވައިގެ ހަމަލާއެއް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާ ދީފައިވަނީ ޤަތަރުގެ ވެރި ރަށް ދޯހާގައި ތިބި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އަމާޒުކޮށެވެ. ނަމަވެސް، މި ޙަމަލާ އެފަރާތްތަކަށް އަމާޒުވާ ގޮތެއް ނުވިއެވެ. އަދި އިސްރާއީލުން މި ހަމަލާދިން ވަގުތު ހަމާސްގެ މެމްބަރުން ތިބީ، އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށެވެ.

މި ހަމަލާގައި ޝަހީދުކޮށްލި 5 މީހުން:

  • ޖިހާދް ލަބާބް - އަލް-ހައްޔާ އޮފީހުގެ ޑިރެކްޓަރު
  • ހުމާމް އަލް-ހައްޔާ - އަލް ހައްޔާގެ ދަރިފުޅު
  • އަބްދުﷲ އަބްދުލް ވާހިދު - ހަށިފާރަވެރިއެއް
  • މުއާމެން ހަސޫނާ - ހަށިފާރަވެރިއެއް
  • އަހުމަދު އަލް-މަމްލުކް - ހަށިފާރަވެރިއެއް

އިސްރާއީލުން ދިން މި ހަމަލާއަކީ ޞުލްޙައިގެ ފުރުޞަތު ގެއްލޭ ގޮތަށް ދީފައިވާ ހަމަލާއެއް ކަމަށް ޤަތަރުގެ ބޮޑުވަޒީރު، މުހައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލްތާނީ ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން