Ads by Stelco

ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

އާ ވެބްސައިޓު އިފްތިތާހުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ސެޕްޓެމްބަރު 2025، 06:58

11 ސެޕްޓެމްބަރު 2025، 06:58

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިއެވެ.

މި ވެބްސައިޓު އިފްތިތާޙުކޮށްދެއްވާފައި ވަނީ، މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދު އިފްތިތާޙް ކުރެވިގެންދިޔަ އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، ޢާންމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މި ވެބްސައިޓު މެދުވެރިކޮށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވެނޭކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު މި ވެބްސައިޓުގެ ޒަރިއްޔާއިން ޢާންމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އެގޮތުން، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކެއްކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން