Ads by Stelco

ޚަބަރު

ހެއްކަށް ނުފޫޒު ފޯރުވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

ހެއްކަށް ނުފޫޒު ފޯރުވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ސެޕްޓެމްބަރު 2025، 08:26

11 ސެޕްޓެމްބަރު 2025، 08:26

މިހާރު ޝަރީޢަތުގައި ކުރިއަށްދާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާއާ ގުޅޭ އިތުރު މަޢުލޫމާރު ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައެވެ. އަދި އޭނާގެ ޑިޖިޓަލް ޑިވައިސްތައް ވެސް ހިފަހައްޓާފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޓިޖިޓަލް ޑިވައިސްތައް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. 

ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، ޝަރީޢަތުގެ މަސައްކަތަށް ހުރަސް އެޅުމަކީ ނުވަތަ ހެކިބަހަށް ނުފޫޒު ފޯރުވުމަކީ ވަރަށް ޤާނޫނީ ގޮތުން ބޮޑު ކުށެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން