ދީން
ސަލަފްގެ "ލޯ މަރާލަން ޖެހޭނޭ" ބޮޑު ދަރުސް މިރޭ

ސަލަފުން "ލޯ މަރާލަން ޖެހޭނޭ"ދަރުހެއް ބާއްވަނީ

ފަރުދުން
12 ސެޕްޓެމްބަރު 2025، 04:50
12 ސެޕްޓެމްބަރު 2025، 04:50
"ލޯ މަރާލަން ޖެހޭނޭ" މި މައުޟޫއަށް ޚާއްޞަ ދަރުހެއް ބޭއްވުމަށް ސަލަފް ޖަމްޢިއްޔާއިން ނިންމައިފިއެވެ.
މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހުގެ ރޭ، (މިރޭ) 9:00ގައި، އާޓިފިޝަލް ބީޗުގައެވެ. މިދަރުހަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް ޖަމަށް ޖަމްޢިއްޔަތުއްސަލަފުން ވިދާޅުވިއެވެ.
"ލޯ މަރާލަން ޖެހޭނޭ" މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ. ދާރިސްޓީވީ އިން ދަރުސް ވަޤުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު، ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖްއިންވެސް ދަރުސް ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަލަފުން ވިދާޅުވީ މި ޚާއްޞަ ދަރުހަށް ޙާޟިރުވެ ވަޑައިގަތުމަށާއި، އަދި އެކަމަށް ޢުޒުރުވެރިވާ ފަރާތްތަކުން ޓީވީ އަދި ފޭސްބުކް މެދުވެރިކޮށް ދަރުސް އަޑުއެއްސެވުމަށް ޖަމްޢިއްޔަތުއްސަލަފުން ދަޢުވަތު އަރުވާ ކަމަށެވެ.
ސަަލަފުން ދަނީ މާލޭ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބު ތަކުގައިވެސް ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ އިތުރުން ތަފާތު އެކި މަޢުޟޫއަށް ދަރުސްތައް ކުރިއަށް ގެންދަމުންނެވެ.