Ads by Stelco

ޚަބަރު

ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަވެރި ހައްލެއް ހޯދުމަށް އދ.ގެ ޖެނެރަލް އެސަމްބްލީ އިން ފާސްކުރި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި

ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަވެރި ހައްލެއް ހޯދުމަށް އދ.ގެ ޖެނެރަލް އެސަމްބްލީ އިން ފާސްކުރި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި

ރައީސް މުޢިއްޒު ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް އާއި އެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 10:22

12 ސެޕްޓެމްބަރު 2025، 10:22

ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙްވެރި ހައްލަކާއި ދެ ދައުލަތުގެ ޙައްލު ތަންފީޒު ކުރުމާ ގުޅޭ ގޮތުން އ.ދ ގެ ޖެނެރަލް އެސެމްބްލީން ފާސްކުރި ނިއުޔޯކް ޑެކްލަރޭޝަނަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

 މި ޤަރާރަކީ ސުލްހައާއި އިންސާފު ޤާއިމްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމުގައި ރާއްޖެއިން ދެކެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޑެކްލަރޭޝަނަށާއި ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެޅޭ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. 

މިފަދަ ޤަރާރުތަކުން ބައިނަލްއަޤްވާމީ އެއްބަސްވުން ވަރުގަދަވެ، އިންސާފުވެރި ހައްލެއް ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ އެޖެންޑާގައި ދެމެހެއްޓޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ސާބިތު މައުގިފު ބަޔާންކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 1967 ގެ ބޯޑަރުތަކުގެ ތެރެއިން އިރުމަތީ ޤުދުސް އަކީ ވެރިކަން ކުރާ ރަށްކަމުގައި ހަމަޖެހިފައިވާ، މިނިވަން އަދި އަމިއްލަ ވެރިކަމެއް އޮންނަ ފަލަސްޠީނު ދައުލަތެއްގެ ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ތާއީދުކުރާ ކަމަށެވެ.

އ.ދ ގެ ނިއުޔޯކް ޑެކްލަރޭޝަނަށް ވޯޓު ދިނުމާއެކު، ދިވެހިން އަނެއްކާވެސް އިންސާފުގެ ފަރާތުގައި ސާބިތުވެ ތިބިކަން ހާމަވެގެން ދިޔަކަމަށާއި، ޕެލެސްޓީނުގައި ދެމެހެއްޓެނިވި، ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ސުލްހައެއް ޤާއިމްކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތަށް ދިވެހިރާއްޖޭގެ އަޑު އިތުރުވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން