Ads by Stelco

ޚަބަރު

އިންޖިނޭރުންގެ ދުވަސް ފާހަކުރުމުގެ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

އިންޖިނޭރުންގެ ދުވަސް ފާހަކުރުމުގެ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ކުޑަކުދިންގެ ހަވީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 10:22

12 ސެޕްޓެމްބަރު 2025، 10:22

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން

އިސްނަގައިގެން، އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިއަދު މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

 މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 4:00 ން 6:00 އަށެވެ.

މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީއާއެކު 8 ފަރާތަކުން ވަނީ ތަފާތު ސްޓޯލްތައް ހިންގާފައެވެ. މީގެ ތެރޭގައި އެމް.އެން.ޑީ.އެފް، މާލެ ސިޓީ ކައުންސިލް، އެޗް.ޑީ.ސީ، ފެނަކަ، ސެޓެލްކޯ، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ އަދި އެމް.އޭ.ސީ.އެލް ހިމެނެއެވެ.

މި ހަވީރުގައި ބެހެއްޓި ސްޓޯލްތަކުގައި އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާއެކު، ކުޑަކުދިން ޝައުޤުވެރިވާފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވުޒާރާގެ ފަރާތުން ކުރިއަށް ގެންދިޔަ ސްޓޯލްގައި އިންޖިނޭރިންގ ދާއިރާއާ ގުޅުންހުރި ގޭމްތަކާއި މަޢުލޫމާތު ވަނީ ޒިޔާރަތްކުރި ކުޑަކުދިންނަށް ފޯރުކޮށްދީފައެވެ.

މިފަދަ ހަވީރެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިންޖިނޭރިންގ ދާއިރާގައި ކުރާ މަސައްކަތްތަކަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއި، މި ދާއިރާއަށް ޝައުޤުވެރިވާ އައު ޖީލެއް އުފެއްދުމަށް މަގުފަހިކުރުމެވެ.

މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެމް.ޑަބްލިއު.އެސް.ސީ، އެފް.ޑީ.ސީ، ފެނަކަ، ދިރާގު އަދި އުރީދޫގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ވަނީ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން