Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ ސައްދާމް ހުސެން ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ ސައްދާމް ހުސެން ހައްޔަރުކޮށްފި

ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ ސައްދާމް ހުސެންގެ އަތުން ފެނުނު ތަކެތި، ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ސެޕްޓެމްބަރު 2025، 11:13

13 ސެޕްޓެމްބަރު 2025، 11:13

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ އެމްޑީ ސައްދާމް ހުސެން ފުލުހުން ހައްޔަރުކޮށްފިއެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މި މީހާ ހައްޔަރުކުރީ، އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ފޭސް1ގެ ކަންނެލި ޖެޓީ ކައިރިންނެވެ. 

ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން އޭނާ ހުއްޓުވުމަށްފަހު ޗެކްކުރީ ފުލުހުން ފެނުމުން އޭނާގެ ޢަމަލުތައް ހުރިގޮތުންނެވެ.

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ ސައްދާމް ހުސެން ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރިކުރަމުންދިޔަ ސައްދާމް ހުސެން، ފޮޓޯ: ޕޮލިސް

ސައްދާމް ޗެކްކުރިއިރު ސިނގިރޭޓު އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން، ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވެއެވެ. އެގޮތުން ސައްދާމް އާއި ސައްދާމް ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު، ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރ އަދި ރިޒްލާ ފެނިފައިވެއެވެ. 

މީގެ އިތުރުން، 53،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ބޮކްސްއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އޭނާ ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން