ކުޅިވަރު

އޭޓީއެފް ޖޫނިއަރ އޯޕަން: ފުރަތަމަ ހަފްތާގެ ސިންގަލްސް އިވެންޓު ނަބާ ކާމިޔާބުކޮށްފި

އޭޓީއެފް ޖޫނިއަރ އޯޕަން: ފުރަތަމަ ހަފްތާގެ ސިންގަލްސް އިވެންޓު ނަބާ ކާމިޔާބުކޮށްފި

ފުރަތަމަ ހަފްތާގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ޓެނިސް އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ސެޕްޓެމްބަރު 2025، 12:16

13 ސެޕްޓެމްބަރު 2025، 12:16

އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)އިން ރާއްޖޭގައި ބާއްވާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025ގެ ފުރަތަމަ ހަފްތާގެ ސިންގަލްސް އިވެންޓު ނަބާ ނިޝާން ކާމިޔާބުކޮށްފިއެވެ. 

އޭޓީއެފްއިން ރާއްޖޭގައި ބާއްވާ ދެވަނަ މުބާރާތުގެ ފުރަތަމަ ހަފްތާގެ ނަތީޖާ ފާޅުކުރުމަށް މާލޭ ޓެނިސް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

އުމުރުން 16 އަހަރުން ދަށަށް ޚާއްޞަކޮށް ކުރިޔަށްގެންދާ މި މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ހޯދިއިރު، އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ޕެއާރގައި ވެސް އޭނާ ހިމެނެއެވެ. ނަބާއާއެކު ޑަބަލް އިވެންޓުގައި ވާދަކުރީ މަންހާ މުހައްމަދު އަލީއެވެ.

ސިންގަލްސް އަންހެން އިވެންޓުން ރަނަރރަޕް ހޯދީ ކިޔާރާ އުސާމާ އަލީއެވެ. އަދި އަންހެން ޑަބަލްގެ ރަނަރރަޕް ހޯދާފައި ވަނީ އަޒިތާ އައިޝާ ޔާމީން އާއި މަލްޝާ މުހައްމަދުއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ކުބެރަނެ މަޔޫރަންއެވެ. އަދި ފިރިހެން ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް ލަންކާއަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެއީ ކުބެރަނެ މަޔޫރަން އާއި ނަޤީބް ހުސެއިންއެވެ.

ފިރިހެން ސިންގަލްސްގެ ރަނަރރަޕް ހޯދީ އިންޑިއާގެ މާދަވް ޑަދިތުއެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ރަނަރރަޕް ހޯދީ ރާއްޖޭގެ އާދަމް އާލް ނިޔާޒް އާއި ބްރެޒިލްގެ ޑެނިއަލް ކަރްވަލޯ ބެކާއެވެ.

އެކި ގައުމުތަކުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން