Ads by Stelco

ޚަބަރު

"ޙާލު ކިހިނެއް؟" ޕްރޮގްރާމް އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫގައި ކުރިއަށް ގެންގޮސްފި

"ޙާލު ކިހިނެއް؟" ޕްރޮގްރާމް އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫގައި ކުރިއަށް ގެންގޮސްފި

ބޮޑުފޮޅުދޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ސެޕްޓެމްބަރު 2025، 05:33

13 ސެޕްޓެމްބަރު 2025، 05:33

ނާޒުކު ހާލުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ ގޮތުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ޙާލު ކިހިނެއް؟" ގެ ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމް އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ބޮޑުފޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ކުރިއަށްގެންދާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމްގެ  ދަށުން އއ. ބޮޑުފޮޅުދޫ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، ރަށުގެ ރައްޔިތުންގެ ޙާލު ބަލާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް، ޢާއިލާތަކާއި ވަކި ވަކި ފަރުދުންނަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކާއި، އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ފަށާފައިވާކަމަސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމާ ގުޅިގެން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ ނަތީޖާއެކެވެ. އެހެންކަމުން މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން