ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސް 27 އަހަރަށް ޖަލަށްލާން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް 27 އަހަރަށް ޖަލަށްލާން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ޖައިރު ބޮލްސޮނާރޯ/ފޮޓޯ: އިންޑިއާ ޓުޑޭ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ސެޕްޓެމްބަރު 2025، 06:15

13 ސެޕްޓެމްބަރު 2025، 06:15

ބްރެޒިލްގެ ކުރީގެ ރައީސް، ޖައިރު ބޮލްސޮނާރޯ 27 އަހަރަށް ޖަލަށްލާން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖައިރު ބޮލްސޮނާރޯ އަކީ، 2019 ވަނަ އަހަރުން ފެށިގެން 2022 ވަމަ އަހަރާއި ހަމައަށް ބްރެޒިލްގެ ވެރިކަން ކޮށްފައިވާ ރައީސެވެ.

ބޮލްސޮނާރޯ 27 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، ބަޣާވާތެއް ރޭވިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެގޮތުން، އޭނާގެ މައްޗަށް އުފުލާފައިވަނީ ބްރެޒިލްގެ މިހާރުގެ ރައީސަށް 2022 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއި ގުޅިގެން، މަޤާމުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅުމުގެ ގޮތުން ބަޣާވާތެއް ކުރަން އުޅުނު ކަމުގެ ދައުވާއެވެ. އެ ބަޣާވާތަކީ އޭނާ ވެރިކަމުގައި ދެމިހުންނަން ވެގެން އިންތިޒާމު ކުރި ބަޣާވާތެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުންގެ ނިންމެވުމުންނެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ޖައިރު ބޮލްސޮނާރޯއާ ދެކޮޅަށް މީގެ ކުރިން ވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އޭނާއަށް ހުކުމް ކުރި އަޑުއެހުމަށް އޭނާ ގޮސްފައި ނުވާއިރު، މިވަގުތު އޭނާ ހުރީ ގޭ ބަންދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން