Ads by Stelco

ޚަބަރު

ކަސްޓަމްސްއިން ވަގަށް ނެރުނު ސިނގިރޭޓުތަކަށް 20 މިލިއަން ދައްކަން ހުކުމްކޮށްފި

ކަސްޓަމްސްއިން ވަގަށް ނެރުނު ސިނގިރޭޓުތަކަށް 20 މިލިއަން ދައްކަން ހުކުމްކޮށްފި

ކަސްޓަމްސް ބިލްޑިންގ، ފޮޓޯ: ކަސްޓަމްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ސެޕްޓެމްބަރު 2025، 07:08

14 ސެޕްޓެމްބަރު 2025، 07:08

ދެ ބުރެއްގެ މަތިން ރާއްޖެ ގެނަސްފައި ހުރި ސިގިރޭޓު ފޮށިތަކަކަށް އިމްޕޯޓް ޑިއުޓީ ދެއްކުމަކާއި ނުލައި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ބޮންޑެޑް ވެއަރ ހައުސްއިން ވަގަށް ނެރުނު މައްސަލައެއްގައި 20 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ސިނގިރޭޓު ފޮށިތަކަކީ އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެއާރ ހައުސްގައި ބަހައްޓާފައި ވަނިކޮށް ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކެކެވެ. އެގޮތުން މީގެ ތެރޭގައި ހިމެނެނީ އޭޕްރީލް 27، 2018 އަދި އެ އަހަރުގެ ޖޫން 4 ވަނަ ދުވަހު ރާއްޖެ ގެނައި ޖުމްލަ 1،060 ފޮށި ސިނގިރޭޓު ފޮށިތަކެއްގެ މައްސަލައެކެވެ. އެހެންކަމުން މި ތަކެތީގެ އިމްޕޯޓް ޑިއުޓީއަށް އަރާ 20.7  މިލިއަން ރުފިޔާ  ވަނީ ދައުލަތަށް ނުލިބިއެވެ.

އަދި އެ ތަކެތި ކަސްޓަމްސްއަށް ނޭންގި ގުދަނުން ނެރެފައި ވަނިކޮށް ޑިއުޓީ ދައްކަން ކަސްޓަމްސްއިން އެ ކުންފުންޏަށް އެނގުމުން، ސެޕްޓެމްބަރި 20، 2018 ގައި ކަސްޓަމްސްއަށް ހުށަހެޅި ޗެކް ވެސް ވަނީ ބައުސްވެފައެވެ. ކަން މިހެން ހިނގުމާ ގުޅިގެން ކަސްޓަމްސްއިން އެ ކުންފުންޏަށް ހިދުމަތް ދިނުން މެދުކަނޑާލައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފައި ވެއެވެ.

ސިނގިރޭޓު ފޮށިތައް ގުދަންކޮށްފައި ހުރި ތަނުގައި އެތަކެތި ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި ކަމަށާއި ކޯޓު އަމުރެއް ހޯދައިގެން އެތަނަށް ވަނީ އެ ހިސާބުން ކަމަށް ކަސްޓަމްސްގެ ދައުވާގައިވެއެވެ. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފައެވެ.

އެހެންވެ، ސިވިލް ކޯޓަށް ހުށަހަޅައި ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ފަރާތުގެ ބަހެއް ދައުވާއާ ގުޅޭ ގޮތުން ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ހުކުމްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން