Ads by Farudhun

ޚަބަރު

ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލައިފި

ފޮޓޯ: ހުޅުމާލެ ސަހަރާ

farudhun logo

ފަރުދުން

27 ނޮވެމްބަރު 2026، 04:13

27 ނޮވެމްބަރު 2026، 04:13

ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ  ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 7 އިންޗި އާއި 6 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އެހެންކަމުން، މައްޔިތުން ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިކަމަށް ވިދާޅުވިއެވެ.



މީގެ މަހެއްހައި ދުވަސް ކުރިންވެސް މިފަދަ މައްސަލައެއް ދިމާވެ މައްޔިތުން ވަޅުލުން މާލެ އާސަހަރާ އަށް ބަދަލުކޮށްފައިވެއެވެ. ކައުންސިލުން ބުނިގޮތުގައި އޭރު ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތެވެ.

ބޯކޮށް ވާރޭވެހިއްޖެނަމަ، ފެން ބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ވަރަށް ދިމާވެއެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުތަކުގައިވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450