ޚަބަރު
ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އައްޝައިޚް ޢަލީ ޝަހީދު/ފޮޓޯ: ވުޒާރާ
ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމުގައި ޞިއްޙީ ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް "އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތް" މި މައުޞޫއަށް، އައްޝައިޚް ޢަލީ ޝަހީދު ގިނަ މަޢުލޫމާތުތަކެއް ދެއްވާފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމުގައި ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުޞަތު ވެސް ދެއްވާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ، ޢާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފެތުރުމަށް ކުރިއަށް ގެންދާ މުހިންމު ޕްރޮގުރާމެކެވެ.