Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ފުލުހުން ހޯދި މަސްތުވާތަކެތި/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ސެޕްޓެމްބަރު 2025، 01:17

14 ސެޕްޓެމްބަރު 2025، 01:17

ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ހޯދައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެތި ހޯދާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން، ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު 148 ނަންބަރު ފްލެޓް ސިޑިގޮޅި ކައިރީގައި ހުރި މީހަކު ފުލުހުން ފެނުމުން އެ ސަރަޙައްދުން ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެހެންކަމުން، ފުލުހުން ގޮސް އެ ސަރަޙައްދު އަދި ފްލެޓް ސިޑިގޮޅި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.60 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން