ޚަބަރު
ރުއް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 600 ރުއް އިންދައިފި

ހުޅުމާލޭގައި ރުއް އިންދުން/ފޮޓޯ: އެޗްޑީސީ
ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްދާ ރުއް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 600 ރުއް އިންދައިފިއެވެ.
ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރުއް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 10 ރަށަކުން 600 ރުއް އިންދާފައިވާ ކަމަށެވެ.
މިހާތަނައް 60 ރުއް އިންދާފައިވާ 10 ރަށް:
- ލ. ފޮނަދޫ
- ގދ. މަޑެވެލި
- ކ. ކާށިދޫ
- ގދ. ފިޔޯރީ
- ހއ. ކެލާ
- ރ. މާކުރަތު
- ށ. މަރޮށި
- ލ. ކަލައިދޫ
- ށ. ޅައިމަގު
- ހއ. ބާރަށް
ރާއްޖޭގައި ރުއް އިންދާ އާލާކުރުމުގެ މަޝްރޫޢެއް ފަށާފައިވަނީ، މިއަހަރުގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސާބަތާއި ގުޅުވައިގެންނެވެ. އެގޮތުން، މި މަޝްރޫޢު ފެށުމަށް ހުޅުމާލޭގައި 60 ރުއް އިންދުމުގެ ޙަރަކާތެއް ވަނީ ބާއްވާފައެވެ. އަދި މި ޙަރަކާތުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ރުއް އިންދުމަށް އިލްތިމާސް ކުރައްވާފައެވެ.
މި މަޝްރޫޢޫގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެން މިކަމަށް އެކަށޭނެ ޙައްލެއް ގެނައުމެވެ.