Ads by Stelco

ޚަބަރު

މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން

މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް|ފޮޓޯ: އަދަދު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ސެޕްޓެމްބަރު 2025، 01:49

14 ސެޕްޓެމްބަރު 2025، 01:49

މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ވަނީ 62،027 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %18.7 އިތުރު އަދަދެއްކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މިއާއެކު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިވަނީ 1.5 މިލިޔަނަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9.7 އިތުރު ޢަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

  • ޗައިނާ: 245،553 ފަތުރުވެރިން
  • ރަޝިއާ: 186،263 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 138،869 ފަތުރުވެރިން
  • އިޓަލީވިލާތް: 108،837 ފަތުރުވެރިން
  • ޖަރުމަންވިލާތް: 106،919 ފަތުރުވެރިން

މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް އިތުރަށް 7 ލައްކަ ފަތުރުވެރިން ބޭނުންވާއިރު، މިކަން ހާސިލްކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން