ޚަބަރު
އިސް ރަށްވެހީންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ޚާއްޞަ ކެއުމެއް ބާއްވައިފި

އިސް ރަށްވެހީންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މިއަދު ބޭއްވި ޚާއްޞަ ކެއުން. ފޮޓޯ: އިސް ރަށްވެހީންގެ ނާދީ

ފަރުދުން
14 ސެޕްޓެމްބަރު 2025، 03:10
14 ސެޕްޓެމްބަރު 2025، 03:10
އިސް ރަށްވެހީންގެ މެދުގައި އެކުވެރިކަމާއި، އޯގާތެރިކަމާއި، ރަޙުމަތްތެރިކަން އާލާކުރުމުގެ މަޤުޞަދުގައި، ހުޅުމާލޭގައި ދިރިއުޅެމުންދާ އިސް ރަށްވެހީންނާއި، ހުޅުމާލޭ އިސް ރަށްވެހީންގެ ނާދީ ގުޅިގެން، ޚާއްޞަ ކެއުމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ތައްޔާރުކޮށްފައިވަނީ މެންދުރު ކެއުމުގެ ސުފުރާއެކެވެ.
މުނިފޫހި ފިލުވުމުގެ ތަފާތު ޙަރަތަކާތްތަކާއެކު ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި 52 އިސް ރަށްވެހީން ބައިވެރިވެފައިވެއެވެ. އިސް ރަށްވެހީންގެ ޙަޔާތްތަކުގައި ދުޅަހެޔޮކަމާއި ބަދަހިކަމުގެ ކުލަތައް ޖެއްސުމަށް އިސް ރަށްވެހީންގެ ނާދީއިން ގިނަގުނަ ޙަރަކާތްތަކެއް ރާވާ ހިންގައެވެ. ޢުމުރުން ދުވަސްވީ ފަރާތްތަކަކީ މުޖުތަމަޢުގައި ޝާމިލުވެފައިވާ ބަޔަކަށް ހެދުމަށް އެ ނާދީއިން ޚާއްޞަ އިސްކަމެއް ދެއެވެ.
ނާދީގައި ކުރިއަށް ގެންދާ މިފަދަ ޙަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކުރެވިފައެވެ.