ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގުރާމެއް ބާއްވައިފި

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ހެޔޮ ބިންގާ ޖަމްޢިއްޔާ އާއި ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގުރާމެއް ބާއްވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމު ނަންގަވައި ދެއްވާފައިވަނީ އައްޝައިޚް ޖައުފަރު ފާއިޒް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި، "އެހީވާނީ ކާކު؟" މި މަޢުޟޫއުއަށް ކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކުދިންނަށް އެހީތެރިވުމާއި ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، މައިންބަފައިންގެ އިތުރުން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި އެހީވާން ޖެހޭނެކަމާއި ކުދިން ހިތްހަމަ ނުޖެހޭ ކަންކަން ކޮށްގެން ނުވާނެކަން ވަނީ ބުނެދެއްވާފައެވެ. މީގެ އިތުރުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަޙާބީންގެ އެހީތެރިކަން ފޯރުވުމުގައި ދެއްކެވި ނަމޫނާއާއި ގުޅޭ ވާހަކަތަކާއި، އެހީތެރިވުމަށް ކުދިންނަށް ކުރެވޭނެ ކަންކަންވެސް ވަނީ ކިޔައިދެއްވާފައެވެ.
މި ޕްރޮގުރާމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.