ދުނިޔެ
އިންޑިއާގެ ގުޖްރާތު ސަރަޙައްދުގައި ހުންނަ ފެކްޓަރީއެއްގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގައިފި

އަލިފާނުގެ ޙާދިސާ/ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް
އިންޑިއާގެ ގުޖްރާތު ސަރަޙައްދުގައި ހުންނަ ފެކްޓަރީއެއްގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ، ގުޖްރާތުގެ ބަރޫކް ސަރަޙައްދުގައި ހުންނަ ސަންގުވީ އޯގަނިކްގަ އެވެ. އަލިފާނުގެ ޙާދިސާ ހިނގާފައިވާ މި ސަރަޙައްދަކީ ގިނަ އިންޑަސްޓިއަލް މަސައްކަތްތަކެއް ކުރިއަށްދާ ސަރަޙައްދެކެވެ. އެހެންކަމުން، އަލިފާނުގެ ސަބަބުން އެ ސަރަޙައްދަށް ވަނީ ކުއްލި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިކަމަށް އެޤައުމުގ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ޙާދިސާއާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، މި ޙާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުމާއި އަދި އަލިފާން ރޯވާން ޖެހުނު ސަބަބު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
ގުޖްރާތުގައި ހިނގި މި އަލިފާނުގެ ޙަދިސާގެ ސަބަބުން، އެހިސާބުގަނޑުން ދުން މައްޗަށް އަރައިގެން ގޮސް ކައިރީގައި ހުރި ގެތަކަށް ވެސް ވަނީ ދުމުގެ އަސަރުކޮށްފައެވެ.