Ads by Stelco

ޚަބަރު

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް މެމްބަރުން ޢައްޔަނުކޮށްފި

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް މެމްބަރުން ޢައްޔަނުކޮށްފި

މާލޭގެ ބައެއް ބޭސްފިހާރަތައް/ފޮޓޯ: ދަ ޓަައިމްސް އޮފް އައްޑޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ސެޕްޓެމްބަރު 2025، 05:59

14 ސެޕްޓެމްބަރު 2025، 05:59

މެޑިކަލް ސާމާނު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް' ގެ ބޯޑަށް މެމްބަރުން ޢައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް މެނޭޖިންގ ޑިރެކްޓަރަކާއި ދެ ބޯޑު މެންބަރުން ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަނުކޮށްފައިވަނީ، ވ. ފަޟާމަންޒިލް، ޑރ. ޝާހު މާހިރު އެވެ. އަދި ބޯޑު މެންބަރުކަމަށް ޢައްޔަނުކޮށްފައިވަނީ، މ. ކުރެއްދޫގެ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދު އަދި ފްލެޓް ނަންބަރު 1-3-10، އަލްފާޟިލާ ޝިބާނާ އަބްދުﷲ ދީދީ އެވެ.

މި ކުންފުންޏަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން މިމަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކުންފުންޏެކެވެ. ހަމަ އެހެންމެ، މި ކުންފުންޏަކީ އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދަވައިފައިވާ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން