Ads by Stelco

ޚަބަރު

ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 01:24

15 ސެޕްޓެމްބަރު 2025، 01:24

ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލަ މިހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ 22:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި މަހުގެ 14 ވަނަ ދުވަހު ގެ ހަވީރުގެ ވަޤުތެއްގައި ގެއިން ނިކުތް ގޮތަށް އެ ކުއްޖާގެ ޚަބަރެއް ޢާއިލާއަށް ވެފައިނުވާކަމަށް ޢާއިލާއިން މަޢުލޫމާތު ދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ނިލަންދޫ ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައަކީ، ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، އެ ކުއްޖާއާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން