Ads by Exprox

ޚަބަރު

އަލްއަޤްޞާގައި ފައްޅިއެއް އަޅަން ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި!

އަލްއަޤްޞާގައި ފައްޅިއެއް އަޅަން ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި!

ޚާރިޖީ ވުޒާރާ ހިންގާ ފަތުޙުﷲ ޖަމީލް ބިލްޑިންގ. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 03:17

28 އޯގަސްޓު 2024، 03:17

މަސްޖިދުލް އަޤްޞާގައި ފައްޅިއެއް އެޅުމަށް ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލްއަޤްޞާ މިސްކިތަކީ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫޙާނީ އަދި ތާރީޚީ ގޮތުން މުހިންމު، އިސްލާމީ ތަރިކައިގެ ރަމްޒެއް ކަމަށެވެ.

މި ބަޔާނުގައި އިޒްރާއިލް ސަރުކާރަށް ގޮވާލާފައިވަނީ އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޙްތިރާމް ކުރުމަށެވެ.

ހަމަމިއާ އެކު މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅި، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ކަންބޮޑުވުން އެބަޔާނުގައި ދިވެހި ޚާރިޖިއްޔާއިން ވަނީ ފާޅުކޮށްފައެވެ.

ދިވެހި ސަރުކާރުން އިތުރަށް ގޮވާލާފައިވަނީ ގުދުސްގެ ޤާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް އަޅާ ފިޔަވަޅުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން މަސައްކަތްކުރުމަށެވެ.

މީގެއިތުރުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco