Ads by Farudhun

ޚަބަރު

އުލިގަމު ސިއްޙީ މަރުކަޒާއި ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތުގައި އެމްޓީސީސީ ކުރިއަށް

އުލިގަމު ސިއްޙީ މަރުކަޒާއި ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތުގައި އެމްޓީސީސީ ކުރިއަށް

އުލިގަމު ސިއްޙީ މަރުކަޒުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 05:21

25 ނޮވެމްބަރު 2026، 05:21

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ހއ. އުލިގަމު ސިއްޙީ މަރުކަޒު އިމާރާތާއި، ހއ. ދިއްދޫ ފުޓްސަލް ދަނޑު އަދި ކ. ހިއްމަފުށީ ފިޓްނަސް ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހއ. އުލިގަމު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، 5 އެނދުގެ އައު އެކްސްޓެންޝަން އިމާރާތުގެ ސީލިންގ އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ޖުމްލަ 14.32 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 މެއި 2025 ގައެވެ. މި އިމާރާތުގެ ފައުންޑޭޝަން އަދި ކޮންކްރީޓް މަސައްކަތްތަކަށްފަހު، ރޫފިންގ ސްޓްރަކްޗަރާއި ސިމެންތި ޖެހުމުގެ މަސައްކަތް ސެޕްޓެމްބަރު 2026 ގައި ވަނީ ނިންމާލެވިފައެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހއ. ދިއްދޫގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ 61 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. ރަސްމީ މިންގަނޑުތަކަށް ފައްތައިގެން ދަނޑު ބޮޑުކުރުމާއި، ސަބް-ބޭސް ތައްޔާރުކުރުމާއި، ވަށައިގެން ޕީވީސީ ފެންސް ޖެހުމާއި، ހޭންޑްރެއިލް އަދި ޑަގްއައުޓް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު އެ ސައިޓުގައި ކުރިއަށްދަނީ ޓާފް އެޅުމާއި ދަނޑުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.

މީގެއިތުރުން، ކ. ހިއްމަފުށީގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިން އެއްވަރުކޮށް ކޮމްޕެކްޝަން މަސައްކަތްތައް ނިމި، މިހާރު ވަނީ ސްޓްރަކްޗަރަލް ފައުންޑޭޝަންގެ މަރުޙަލާއަށް މަސައްކަތް ފަށާފައެވެ. އެގޮތުން އިމާރާތުގެ ޓައި ބީމްތަކުގެ ކޮންކްރީޓް މަސައްކަތްތައް ސައިޓުގައި މިހާރު ދަނީ ހިންގަމުންނެވެ. ހިއްމަފުށީގައި ޤާއިމުކުރެވުނު އައުޓްޑޯ ޖިމްގެ އާލާތްތައް ބަދަލުކުރުމުގެ މަސައްކަތް 13 ޖޫން 2026 ގައި އެމްޓީސީސީން ވަނީ މީގެކުރިން ފުރިހަމަކޮށްފައެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށެއްގައި ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޒުވާނުންނާއި ޢާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށް ބޭނުންވާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ހިންގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450