Ads by Farudhun

ޚަބަރު

ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމުގައި އެންމެ ބޮޑު އަމާޒަކީ ހޭލުންތެރިކަން އިތުރުކުރުން: އިހުސާން

ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމުގައި އެންމެ ބޮޑު އަމާޒަކީ ހޭލުންތެރިކަން އިތުރުކުރުން: އިހުސާން

ހޮމެ މިނިސްޓަރު އަލީ އިހުސާން - ދަ ޕްރެސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ނޮވެމްބަރު 2026، 03:53

25 ނޮވެމްބަރު 2026، 03:53

ކުޑަކުދިން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ހަނިކުރުމަށް ސަރުކާރުން އެކުލަވާލަމުންދާ ސިޔާސަތުގައި، ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެކަންކަން ތަންފީޒުކުރުމަށްވުރެ ބޮޑަށް އިސްކަންދެނީ ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކުރުވުމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް މިހާރު ވަނީ ކަރުދާހެއް ހުށަހަޅާފައި ކަމަށެވެ. އަދި މި ކަރުދާސް އެކުލަވާލުމުގައި ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތަކާއި ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާގެ ދައުރަށް ފުޅާ ދާއިރާއެއްގައި ރިއާޔަތްކޮށްފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު އަސާސަކީ ހަމައެކަނި މަނާކުރުންތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ އިސްކަމެއް ދެވޭނީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެ ރައްކާތެރިވާނެ ގޮތްތައް މައުލޫމާތުގެ އަލީގައި ދަސްކޮށްދިނުމަށެވެ. އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނީ އެފަދަ ހޭލުންތެރިކަމުގެ ނިޒާމުގެ ތެރެއިން ވެސް ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތައް ހުއްޓުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްކަމެއް ރެސްޓްރިކްޝަންސްތަކެއް އަޅާފައި އެ އެންފޯސްކުރުމަށްވުރެ ބޮޑަށް ވަރަށް ބޮޑަށް މީހުން ހޭލުންތެރިކުރުވައިގެން މީގެން ރައްކާތެރިކުރެވޭނެ މަގުތައް ހޯދައިގެން. އޭގެން ދެން ޕެނިޓްރޭޓް ވެގެން އަންނަ ފަރާތެއް ވެއްޖެއްޔާ މި ރެސްޓްރިކްޝަންސްތަކުން ވެސް ކެޕްޗަރ ކުރެވިދާނެ ގޮތެއް އަޅުގަނޑުމެން ބޮޑަށް މި ބަލަނީ"

އިހުސާން ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކާއެކު ރާއްޖެ ފަދަ ކުދި ގައުމުތަކުން މަޝްވަރާކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫން ނަމަވެސް، މި ސިޔާސަތުގެ ކޮންސަލްޓޭޝަން މަރުހަލާ ނިމުމުން އެ ކުންފުނިތަކާ ވާހަކަދައްކަން ގަސްދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުޑަ އާބާދީގެ ނިސްބަތުން އެ ފަރާތްތަކުން މިކަމުގައި ބައިވެރިވާނެ މިންވަރެއް ދެނެގަނެވޭނީ ފަންނީ ހައްލުތައް ފުރިހަމަވުމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު މިހާތަނަށް މި މައުޟޫއުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ނުދަނީ މަޝްރޫއު އަދި އޮތީ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށްވާތީ ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް، މި ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރަން ފަށާއިރު، ދިވެހި ޓެކްނޮލޮޖީ ކުންފުނިތަކަށް ދިމާވެދާނެ ގޮންޖެހުންތައް ބަލައި، އެ ފަރާތްތަކުގެ ހިޔާލާއި ބައިވެރިވުމާއެކު މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450