Ads by Farudhun

ޚަބަރު

އިންޓަނެޓުގައި އާންމުން ހަރަކާތްތެރިވާ ގޮތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ނެތް: ވަޒީރު އިޙްސާން

އިންޓަނެޓުގައި އާންމުން ހަރަކާތްތެރިވާ ގޮތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ނެތް: ވަޒީރު އިޙްސާން

ދާޚިލީ ވަޒީރު އިހްސާން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 03:55

25 ނޮވެމްބަރު 2026، 03:55

ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއް ބަންދުކުރުމުގެ ނުވަތަ އިންޓަނެޓުގައި އާންމުން ހަރަކާތްތެރިވާ ގޮތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެސް ނެތް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސޯޝަލް މީޑިއާގެ ހިދުމަތްތައް ހަނިކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތް ކަމަށެވެ.

 އަދި މިހާރު ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ސައްތައިން ސައްތަ އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުދިން އޮންލައިން ވަސީލަތްތައް ބޭނުންކުރާއިރު ދިމާވާ ގެއްލުންހުރި ކަންކަމާއި ނޭދެވޭ އުޅުންތަކުން އެ ކުދިން ސަލާމަތްކުރެވޭނެ އެކި ގޮތްތައް ބަލައި، އެކަމުގެ ހައްލުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓްތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، މި މައްސަލައަށް މިހާތަނަށް އެއްވެސް ގައުމަކަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، އޮޅުވާލައިގެން ހަދާ އެކައުންޓްތަކާއި އެފަދަ ވަސީލަތްތަކަށް ވަނުން އެއްކޮށް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވެސް އެފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ މަގުސަދަކީ އެކްޓިވްކޮށް މި މައްސަލަ ޕަރސިވްކޮށްފައި ރައްކާތެރިކުރެވޭނެ ކުދިން، އަޅުގަނޑުމެންގެ ތެރެއިން، ނެޓް ވަރަށް ވައިޑްކޮށް އެއްލައިގެން ޕޭރެންޓުންނާއި ގުޅިގެން، ސްކޫލްތަކާއި މަޝްވަރާކުރެވިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ނިޒާމުތަކުން ވެސް ކުދިން އެވެއަރ ކޮށްގެން ކުދިން ރައްކާތެރިކުރުން،

ވަޒީރު އިހުސާން

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހަގީގީ ބޭނުމަކީ ވަށައިޖެހޭ ގޮތެއްގައި މި މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އެގޮތުން ބެލެނިވެރިންނާއި ސްކޫލްތަކުގެ އިތުރުން ތައުލީމީ ވުޒާރާގެ ނިޒާމުތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކޮށް، ކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް ބާރުއަޅާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ޑިޖިޓަލް މައްސަލަތަކުގައި ސައްތައިން ސައްތަ ކާމިޔާބީއެއް ހާސިލުނުކުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، އެހެންކަމުން ކަނޑައެޅިފައިވާ ދާއިރާއިން ބޭރަށް ގޮސް، އާންމުންގެ މިނިވަންކަމަށް އަސަރުކުރާނެ ފަދަ ކަންކަމާ މެދު މަޝްވަރާކުރުމުގެ އެއްވެސް ގަސްތެއް ނެތް ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450