ކުޅިވަރު

ބާސެލޯނާއިން ހޯދި ބޮޑު ކާމިޔާބީގައި ފާރމިން ލޮޕޭޒްގެ މުހިންމުކަން އޭނާ ހާމަކޮށްދީފި

ބާސެލޯނާއިން ހޯދި ބޮޑު ކާމިޔާބީގައި ފާރމިން ލޮޕޭޒްގެ މުހިންމުކަން އޭނާ ހާމަކޮށްދީފި

ފާރމިން ލޮޕޭޒް ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ސެޕްޓެމްބަރު 2025، 08:36

15 ސެޕްޓެމްބަރު 2025، 08:36

ސްޕެނިޝް ލަ ލީގާގައި ވެލެންސިއާގެ މައްޗަށް ބާސެލޯނާއިން ހޯދި ބޮޑު ކާމިޔާބީގައި، ފާރމިން ލޮޕޭޒްގެ މުހިންމުކަން އޭނާ ހާމަކޮށްދީފިއެވެ.

އެސްޓެޑީ ޔޯހަން ކްރަޔަފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 6-0އިންނެވެ. މި މެޗުގައި ލޮޕޭޒް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މި ގޯލުތައް ކާމިޔާބުކުރުމުގެ އިތުރުން، 22 އަހަރުގެ މިޑްފީލްޑަރ ވަނީ މޮޅު ކުޅުމެއް ވެސް ދައްކާފައެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އޭނާ ވިއްކާލުމަށް ބާސެލޯނާއިން ވިސްނުން ގެންގުޅެފައިވެއެވެ. އެގޮތުން އެންމެ ފަހުގެ ހޫނު މޫސުމުގައި ހުޅުވާލި ޓްރާންސްފާގެ މުއްދަތުގައި ވެސް، ބާސެލޯނާއަށް ކުރިމަތިވެފައި އޮތް މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާ ޤުރުބާން ކުރަން މަސައްކަތްކުރިކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ. 



ނަމަވެސް، ސްޕެއިންއަށް ނިސްބަތްވާ ލޮޕޭޒް މިވަނީ، އޭނާ އޭރު ވިއްކާލިނަމަ، ކުރުމުއްދަތަކަށް ވިސްނައި އެއީ ކްލަބަށް ހެދޭނެ ބޮޑު ގޯހެއްކަން، ކްލަބުގެ މެނޭޖުމެންޓަށް ޔަޤީންކޮށްދީފައެވެ. އަދި ގިނަ މިޑްފީލްޑަރުންތަކެއް ބާސެލޯނާގައި ތިބި ނަމަވެސް، ހުނަރުގެ އިތުރުން، އޭނާގެ މަސައްކަތުގެ ރޭޓަކީ ވެސް އޭނާއަށް ޓީމުން ޖާގަ ދޭންޖެހޭ ސަބަބެއްކަމަށް ރޭ ދެއްކި ކުޅުމުން މި ވަނީ ހާމަކޮށްދީފައެވެ. އެހެންކަމުން، ގަވީ އާއި ޑެނީ އޮލްމޯ އަދި ފްރޭންކީ ޑީ ޔޮންގް ޓީމުގައި ތިބި ނަމަވެސް، ލޮޕޭޒްއަށް ފުރުސަތު ދޭންޖެހޭކަން އެނގިގެން ހިނގައްޖެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ލޮޕޭޒް ޖެހި ގޯލާއެކު ބާސެލޯނާއިން ލީޑުގައި އޮވެގެންނެވެ. އަދި ފަހު ހާފުގައި އެ ޓީމުން ވަނީ 5 ގޯލު ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ލޮޕޭޒް ކާމިޔާބުކުރި އިތުރު ގޯލެއްގެ އިތުރުން ދެން ހިމެނެނީ، ރަފީނިއާ އާއި ރޮބާޓް ލެވަންޑޯސްކީ، ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި ދެ ގޯލެވެ. 

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 4 މެޗުން މޮޅުވެފައިވާ ރެއާލް މެޑްރިޑެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން