Ads by Stelco

ޚަބަރު

ރިޔާސީ ދައުރު ދަންމާލާކަށް ނޫޅޭ، ރައީސް އެކަމަށް ތާއީދެއް ނުކުރައްވާނެ: އެމްޕީ ފަލާޙް

ރިޔާސީ ދައުރު ދަންމާލާކަށް ނޫޅޭ، ރައީސް އެކަމަށް ތާއީދެއް ނުކުރައްވާނެ: އެމްޕީ ފަލާޙް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފަލާޙް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 11:25

15 ސެޕްޓެމްބަރު 2025، 11:25

ދިވެހިރާއްޖޭގެ ވެރިކަމުގެ ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި އެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުނުކުރައްވާނެ ކަމަށް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު ހުށަހެޅުއްވި ފެންނަ ނުފެންނަ ވޯޓުގެ ބިލާ މެދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ މިއުޅެނީ ރިޔާސީ ދައުރު ކުރުކޮށްލަން ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި މަޖިލީހުގެ ދައުރު ވެސް ކުރުކޮށްލަންކަމަށެވެ.

ފަލާޙް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަކީ 2008 ވަނަ އަހަރު ޤާނޫނުއަސާސީ ފާސްވުމާއެކު އަންނަންޖެހޭ ބިލެއްކަމަށެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކުގެ އުސޫލުތައް މި ބިލުގައި ހިމެނިފައިވެއެވެ.

ބިލުގެ 10 ވަނަ މާއްދާގައި ވޯޓު ކަރުދާހުގައި ރައްޔިތުންނަށް އޮޅޭނެ ގޮތަކަށް އިލެކްޝަންސް ކޮމިޝަނަށް، މަޖިލީހަށް އަދި ސަރުކާރަށް ކަމެއް ކުރެވޭނެ ގޮތެއް ނޯންނާނެކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި މިސާލެއްގެ ގޮތުން، އައްޑޫ ސިޓީގެ ހުޅުމީދޫއަކީ ވަކި ކައުންސިލްތަކެއް ހުރި ރަށްތަކެއްގެ ގޮތުގައި ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދިދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުން 17 ނޮވެމްބަރުން 11 ނޮވެމްބަރަށް ބަދަލުކުރުމާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ބިލުގައި ހިމެނިފައިވާކަމަށް ފަލާހް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރިޔާސީ ދައުރު ދިގުނުވެ، މަޖިލީހުގެ ދައުރު 6 މަސްދުވަހަށް ކުރުވާނެކަން ފާހަގަކުރެއްވިއެވެ.

ދައުރުދަންމާލުމާއިގުޅޭ ބަހުސެއް ކުރިއަށް މިދަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު) ޓީވީ ޕްރޮގްރާމެއްގައި ރިޔާސީ ދައުރު ދަންމާލުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. 

ޤާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އެ މުއްދަތަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް އެ ނިންމުމެއް ނުނިންމޭނެއެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ރޭ ވަނީ ރިޔާސީ ދައުރު ދަންމާލާ ވާހަކަދައްކަނީ އެ ދެއްކޭ ވާހަކައެއް ނޭނގި ކަމަށް ވިދާޅުވެފައެވެ. އަދި ދައުރު ދަންމާލުމަކީ ނިޒާމު އެފުށް މިފުށަށް ޖެހުން ކަމަށް ވިދާޅުވެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން