Ads by Stelco

ޚަބަރު

ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 12:06

15 ސެޕްޓެމްބަރު 2025، 12:06

ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ޞައްޙަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މީނާ ހައްޔަރުކޮށްފައި ވަނީ ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ޞައްޙަ ނޫން ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެގޮތުން، ފުލުހުންގެ ތަހުޤީގުން މިހާތަނަށް ބެލި ބެލުމުން، އެކި ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާކަން ހާމަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާރިފް (37އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން