Ads by Stelco

ޚަބަރު

ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނުކަމުގެ ތުހުމަތުގައި ބަންދުކުރި މީހާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި

ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނުކަމުގެ ތުހުމަތުގައި ބަންދުކުރި މީހާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 01:22

15 ސެޕްޓެމްބަރު 2025، 01:22

ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނުކަމުގެ ތުހުމަތުގައި ފުލުހުން ބަންދުކުރި މީހާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނުކަމުގެ ތުހުމަތުގައި މިމަހުގެ 14 ވަނަ ދުވަހުގެ 18:05 ހާއިރު 55 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން މީސްމީޑީއާގައި ވަނީ ވީޑިއޯއެއް ވެސް ދައުރުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފިރިހެން މީހާ އެކިފަހަރު މަތިން ފޮށެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އެސް.ޖޭ މޯލްގައި މަސައްކަތްކުރާ އަންހެނުންތަކަކާ އެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން