ޚަބަރު
އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމަށް ޝަފީގް ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

މުހައްމަދު ޝަފީގް މަހްމޫދު/ފޮޓޯ: ވަގުތު
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމަށް މުހައްމަދު ޝަފީގް މަހްމޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި މަޤާމަށް ޝަފީޤް ޢައްޔަންކުރުމަށް ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ މިއަދެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މުޙައްމަދު ޝަފީގް މަހުމޫދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ މަޤާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މުހައްމަދު ޝަފީގު މަހުމޫދަކީ، މީގެ ކުރިން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯގެ މަގާމާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، އައިޖީއެމްއެޗްގެ ޑިޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ހަމަ އެއާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ޝަފީގު ފުރުއްވާފައިވެއެވެ.